24 އެންމެފަހުން ޕިލާތުސް އެބައިމީހުން ކެނޑިނޭޅި ލަވަމުން ދިޔަ ހަޅޭކުގެ ސަބަބުން އެބައިމީހުން އެދުނު ގޮތާއި އެއްބަސްވެ
މީހުން ކުރާތީއޭ ކިޔާފަ ގޯސްކަންތައް ނުކުރާތި. އެންމެން ނުރުހުނަސް އިންސާފަށް ހުރަސްނާޅާތި. އަދި ޝަރީއަތުގެ ކުރިމަތީގައި، ކަންހިނގިގޮތް ކިޔާނުދީ ނުހުންނާތި.
ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.
ދެން އެބައިމީހުންނަށް ޓަކައި ބަރައްބާސް މިނިވަން ކުރިއެވެ. އަދި އީސާގެފާނުގެ ހަށިކޮޅުގައި ހަންމުށި އެޅުމަށް ފަހު ސަލީބަށް އެރުވުމަށް ޓަކައި ރޯމަނުންގެ ސިފައިންނާއި ޙަވާލު ކުރިއެވެ.
އެއްވެފައިވާ މީސްތަކުންގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ޕިލާތުސް ބަރައްބާސް މިނިވަން ކޮށްދިނުމަށް ފަހު އީސާގެފާނުގެ ހަށިކޮޅުގައި ޗާބޫކުން ތެޅުމަށް ބުނެ ސަލީބަށް އެރުމަށްޓަކައި ސިފައިންނާއި ޙަވާލު ކުރިއެވެ.
ނަމަވެސް މީސްތަކުން ހުއްޓުމެއް ނެތި ހަޅޭއްލަވަމުން ގެންދިޔައީ އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށެވެ. އެބައިމީހުންގެ އަޑުތައް އިރަކަށް ވުރެ އިރެއް ބާރުވަމުން ދިޔައެވެ.
އީސާގެފާނުގެ ބަދަލުގައި އެބައިމީހުން އެދުނު މީހާ މިނިވަންކޮށް ދިނެވެ. މިމީހާއަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތް ކޮށް އަދި މީހަކު މަރާލުމުގެ ކުށުގައި ޖަލަށް ލެވިފައިވާ މީހެކެވެ. އަދި އީސާގެފާނުގެ މައްޗަށް އެމީހުން އެދުނު ފަދައިން ކަންކުރުމަށް ޕިލާތުސް އެއްބަސްވިއެވެ.
ދެން ޕިލާތުސްގެ އަމުރަށް އީސާގެފާނުގެ ގައިކޮޅުގައި ޗާބޫކަކުން ތެޅިއެވެ.