21 ނަމަވެސް އެމީސްތަކުން ހަޅޭއްލަވަމުން ގެންދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ. އޭނާ ސަލީބަށް އަރުވާ.“
އެ މީސްތަކުން ހަޅޭލަވާ ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“
ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ އަނެއްކާ ވެސް އެއްވެފައިވާ މީސްތަކުންނާއި ބަހުސްކޮށް ވާހަކަ ދެއްކިއެވެ.
ޕިލާތުސް އެބައިމީހުންނަށް ތިންވަނަ ފަހަރަށް ބުންޏެވެ. ”މީނާ ސަލީބަށް އަރުވާންވީ ކީއްވެގެން؟ މީނާގެ ކުށަކީ ކޮބާ؟ އޭނާއަށް މަރުގެ ޙުކުމް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަހަރެން އޭނާގެ ގައިގާ ހަންމުށި އެޅުމަށް ޙުކުމް ކުރުމަށް ފަހު އޭނާ މިނިވަން ކުރާނީ.“
ނަމަވެސް މީސްތަކުން ހުއްޓުމެއް ނެތި ހަޅޭއްލަވަމުން ގެންދިޔައީ އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށެވެ. އެބައިމީހުންގެ އަޑުތައް އިރަކަށް ވުރެ އިރެއް ބާރުވަމުން ދިޔައެވެ.
އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!“ ޕިލާތުސް ބުންޏެވެ. ”ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!“
އެމީހުންނަށް އެކަލޭގެފާނު ކުށްވެރިކުރެވޭނެ އެއްވެސް ސަބަބެއް ނުފެނުނު ނަމަވެސް އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ އީސާގެފާނަށް މަރުގެ އަދަބު ދިނުމަށް.