ލޫކާސް 23:16 - ކިތާބުލް މުޤައްދަސާ16 ވީމާ އޭނާގެ ގައިގައި ހަންމުށި އެޅުމަށް ފަހު މިނިވަން ކުރުމަށް އަހަރެން ޙުކުމްކުރާނަން.“ အခန်းကိုကြည့်ပါ။ |
”އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން.
ނަމަވެސް ޕައުލް އެ ސިފައިންނަށް ބުންޏެވެ. ”އަހަރެމެންނަކީ ރޯމުސަރުކާރުގެ ރައްޔިތުން. ނަމަވެސް ރޯމުސަރުކާރުގެ އުއްތަމަ ފަނޑިޔާރުން އަހަރެމެންނާއި މެދު އެއްވެސް ޝަރީޢަތެއް ނުކޮށް އަހަރެމެންގެ ގައިގައި އެންމެންގެ ކުރިމަތީގައި ހަންމުށި އެޅި. އަދި އަހަރެމެން ޖަލަށް ލި. މިހާރު އެމީހުން އެބުނަނީ މިއިން އެއްވެސް ކަމެއް ނުވާ ހެން އަހަރެމެން މަޑުމަޑުން ޖަލުން ނުކުމެގެންދާށޭ ތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނުވެވޭނެ. އަހަރެމެން ޖަލުން ނެރެން ޖެހޭނީ ރޯމުގެ ސަރުކާރުގެ ފަނޑިޔާރުން އައިސް.“