Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:13 - ކިތާބުލް މުޤައްދަސާ

13-14 ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”⁠މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަލޭމެން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:13
14 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޕިލާތުސް ބުންޏެވެ. ”⁠އޭނާ ކުރީ ކޮން ކުށެއް؟⁠“ ހިނދެއް ހިނދަކަށް މީސްތަކުންގެ އަޑުގަދަވެ ގޮވަމުން ދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“


މީސްތަކުން މި މަންޒަރުތައް ބެލުމަށް އެއްވެ ތިބި ވަގުތު ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނަށް މަލާމާތް ކުރަމުން ގެންދިޔައެވެ. ”⁠މީނާ އެހެން މީހުން ސަލާމަތް ކޮށްދިން. އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ، އޭނާ އޭނާގެ އަމިއްލަ ނަފްސު ސަލާމަތް ކޮށްފާނެއެއްނު.⁠“


ބޮޑު އިމާމުންނާއި އަހަރެމެންގެ ވެރިން އެކަލޭގެފާނަށް މަރުގެ ޙުކުމް ކޮށް އެކަލޭގެފާނު ރޯމުގެ ސިފައިންނާއި ހަވާލުކުރި. އަދި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވި.


އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.


ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.


ދެން ޕިލާތުސް އަނެއްކާ ވެސް ބޭރަށް ނުކުމެ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެން މިމީހާ ކަލޭމެންގެ ކުރިމައްޗަށް އެބަ ނެރެން. އެއީ އޭނާ ކޮށްފައިވާ އެއްވެސް ކުށެއް އަހަރެންނަށް ނުފެނުނުކަން ކަލޭމެންނަށް ހާމަކޮށްދޭން.⁠“


ނިކޮދޭމު އޭ ކިޔުނު ފަރީސީ މަޒުހަބުގެ މީހަކު އުޅުނެވެ. އޭނާ އަކީ ބަނީއިސްރާއީލުގެ މަތީ ވެރިއެއް ވެސް މެއެވެ.


އެކަމަކު ނިކަން ބަލާލަ. އޭނާ އެ ކިޔަވައިދެނީ އެންމެންނަށް ފެންނަ ފަދައިން ހާމަކަން މަތީގަ. ނަމަވެސް އެއްވެސް މީހަކު އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ. ފަހަރެއްގައި އަހަރެމެންގެ ވެރިން އޭނާއަކީ ޙަޤީޤަތުގައި ވެސް އަލްމަސީޙު ކަމުގައި ގަބޫލު ކުރީ ކަމަށް ވެސް ވެދާނެ އެއްނު.


އެއްވެސް ފަރީސީޔަކު ނުވަތަ ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން މީހަކު އޭނާ ގަބޫލު ކޮށް އީމާންވެއްޖެތަ؟


ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.


އަޚުންނާއި އުޚުތުންނޭ. ކަލޭމެންނާއި ކަލޭމެންގެ ވެރިން އީސާގެފާނާއި ދޭތެރޭ އެ ފަދައިން ކަން ކުރީ އެއީ ކަލޭމެންނަށް އެ ކުރެވެނީ ކޮން ފަދަ ކަމެއްކަން ނޭނގޭތީ.


އަނެއް ދުވަހު ބަނީއިސްރާއީލުގެ ވެރިންނާއި ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޖެރޫސަލަމުގައި އެއްވިއެވެ.


އެވަގުތު ޕަތަރަސްގެ މައްޗަށް މާތްރޫޙުފުޅު ވެރިވިއެވެ. އަދި އެވަގުތު އޭނާ ވާހަކަ ދައްކަން ފެށިއެވެ. ”⁠އިއްޒަތްތެރި ޤައުމުގެ ވެރިންނާއި ބޮޑުންނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ