Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:11 - ކިތާބުލް މުޤައްދަސާ

11 ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:11
16 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.


މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”⁠ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.⁠“


ހެރޮދުގެ އުފަންދުވަހު ހެރޯދިޔާސްގެ އަންހެންދަރިފުޅު ހެރޮދަށް ޓަކައި އެންމެންގެ ކުރިމަތީގައި ނަށައި ދިނެވެ. މިކަމާއި ހެރޮދު ނުހަނު ހިތްހަމަޖެހި އުފާ ވިއެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން އެންމެފުރަތަމަ ވަޑައިގަންނަވާނީ އިލްޔާސްގެފާނު. އެއީ އެންމެހާ ކަންތައްތައް ތައްޔާރު ކުރައްވައި ތަރުތީބު ކުރެއްވުމަށް. ދެން އެހެންވިއްޔާ، މީސްތަކުން އިންސާނާގެ ދަރިކަލުން ގަބޫލުނުކޮށް ވޭނާ އަނިޔާ ދޭނެ ކަމަށް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީއްވެ؟


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެތާނގައި ވިއެވެ. އަދި ރުޅިވެރިކަމާއިއެކު މިބައިމީހުން އީސާގެފާނާއި ބެހޭ ގޮތުން ތުހުމަތުތައް ހެރޮދުއަށް ހުށައަޅަމުން ގެންދިޔައެވެ.


ދެން އީސާގެފާނު އެ ކަށީގެ ތާޖުއަޅުވައި ދަނބުކުލައިގެ ސާލު ލައްވައިގެން ބޭރަށް ނެރުނެވެ. އަދި ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން ބަލާ! އޭނާ މިހިރީ!⁠“


މިސާލަކަށް މޮޅުހެދުމެއްގައި އަގުބޮޑެތި ގަހަނާ އަޅައިގެން މުއްސަންޖަކު ކަލޭމެންގެ ޖަމާޢަތަށް އައެވެ. އަދި ބާވެ ހަސްފަސްނެތި ގަނޑުބެއްދި އަޅައިފައިވާ ހެދުމެއްގައި ފަޤީރަކު ވެސް އައެވެ.


ކަލޭމެން މުއްސަނދި މީހައަށް ޚާއްސަ ސަމާލުކަމެއްދީ މިފަދައިން ބުނާނެވެ. ”⁠މިތަނުން އެންމެ އެދެވޭ ގޮނޑީގައި އިށީންނަވާ.⁠“ ނަމަވެސް ފަގީރު މީހާއަށް ކަލޭމެން ބުނާނީ މިފަދައިންނެވެ. ”⁠އެތާނގައި ކޮޅަށް ހުރޭ.⁠“ ނޫނީ ”⁠ތަޅަންގަނޑުގައި އިށީނދޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ