Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:10 - ކިތާބުލް މުޤައްދަސާ

10 ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެތާނގައި ވިއެވެ. އަދި ރުޅިވެރިކަމާއިއެކު މިބައިމީހުން އީސާގެފާނާއި ބެހޭ ގޮތުން ތުހުމަތުތައް ހެރޮދުއަށް ހުށައަޅަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:10
8 ပူးပေါင်းရင်းမြစ်များ  

ބޮޑުއިމާމުންނާއި ބޮޑުން އެކަލޭގެފާނާއިމެދު ތުހުމަތު ކުރައްވަމުން ގެންދެވި ހިނދުގައި ވެސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނުހިމޭނުން ހުންނެވިއެވެ.


އެދުވަހަށް ފަހު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ނަފުރަތާއި ރުޅިވެރިކަމާއި އެކު އީސާގެފާނާއި ދެކޮޅު ހަދަން ފެށިއެވެ. އަދި އެމީހުން ރާވައިގެން އެކަލޭގެފާނާއި އެކިކަހަލަ ސުވާލުތައް ކުރަން ފެށިއެވެ.


ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.


ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”⁠މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.⁠“


ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”⁠މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.⁠“


ހެރޮދު އީސާގެފާނު ކުރެން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އީސާގެފާނު ޖަވާބެއް ނުދެއްވައެވެ.


އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިމީހާ އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ބަނީއިސްރާއީލު މީހުން ރޯމުގެ ސަރުކާރާއި ދެކޮޅު ކުރުވާ، މީސްތަކުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދަމުން ދާ މީހެއް. އަދި މީނާއަކީ ނަޞާރާދީނުގެ މީހުންގެ ވެރިޔާ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ