ލޫކާސް 22:70 - ކިތާބުލް މުޤައްދަސާ70 ދެން އެއެންމެން ސުވާލު ކުރިއެވެ. ”ދެން އެހެންވިއްޔާ ކަލޭ ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ތަ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އަހަރެން މިއީ މާތްރަސްކަލާނގެ ދަރިކަލުން. ކަލޭމެން ތިޔަބުނީ ތެދެއް.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.“
އަދި މީގެ އިތުރުން، އެމީހުންގެ ތެރޭގައި ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ. މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ. އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ. ”ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން.“ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ. އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ.
އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.“