ލޫކާސް 22:63 - ކިތާބުލް މުޤައްދަސާ63 އީސާގެފާނު ބެލެހެއްޓުމަށް ހަވާލުވެގެން ތިބި މީހުން އެކަލޭގެފާނަށް މަލާމާތް ކޮށް އަނިޔާކުރަން ފެށިއެވެ. အခန်းကိုကြည့်ပါ။ |
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.
އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.