ލޫކާސް 22:61 - ކިތާބުލް މުޤައްދަސާ61 މާތްސާހިބާ އެނބުރި ޕަތަރަސްއާއި ދިމާއަށް ބައްލަވާ ހަތަރުކަޅި ހަމަކުރެއްވިއެވެ. ދެން ޕަތަރަސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވިއެވެ. ”މިރޭގެ ފަތިހުގެ ހާ ނުގޮވަނީސް ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ދަންނަ މީހެއް ވެސް ނޫން ކަމުގައި ބުނާނެއޭ.“ အခန်းကိုကြည့်ပါ။ |
އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.
އުފަންވުމުގައި ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން މީސްތަކުންނާ މެދުގައި ޚިތާނު ކުރެވިގެން ނުވާ ބައެއް ކަމުގައި ބަނީއިސްރާއީލުން ބުނެއެވެ. އަދި ބަނީއިސްރާއީލުން އެބައިމީހުންނާއި މެދުގައި އެބައިމީހުންނަކީ ޚިތާނު ކުރެވިގެންވާ ބައެއް ކަމުގައި ބުނެއެވެ. (މިކަން ޙަވާލާދެނީ ޖިސްމާނީ ގޮތުން އިންސާނުން ކުރާ ކަމެއް ކަމުގައެވެ.) މާޒީގައި ތިޔަބައިމީހުން ތިބި ޙާލަތާއި މެދުގައި ތިޔަބައިމީހުން ހަނދާންކުރާށެވެ.
އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!