60 ޕަތަރަސް އެމީހާއަށް ބުންޏެވެ. ”އޭ ފިރިހެނާ. ކަލޭ ތިޔަކިޔަނީ ކީކޭ ކަމެއް މަށަކަށް ނޭނގެ.“ ޕަތަރަސް މިހެން ބުނެ ހަމަ ނިމުނު ތަނާ ފަތިހުގެ ހާ ގޮވިއެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. މިރޭ ފަތިހު ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ތިބާ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.“
އީސާގެފާނު ވިދާޅުވިއެވެ. ”ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.“
މީގެ އެއްގަޑިއެއްހާ އިރު ފަހުން އެހެންމީހަކު ޕަތަރަސް ފެނިގެން ބުންޏެވެ. ”ހަމަ ޔަޤީނުން ވެސް މިމީހާ މިއީ އޭނާ އާއި އެކު އުޅުނު މީހެއް. މީނާއަކީ ވެސް މިއީ ގަލީލީގެ މީހެއް.“
މާތްސާހިބާ އެނބުރި ޕަތަރަސްއާއި ދިމާއަށް ބައްލަވާ ހަތަރުކަޅި ހަމަކުރެއްވިއެވެ. ދެން ޕަތަރަސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވިއެވެ. ”މިރޭގެ ފަތިހުގެ ހާ ނުގޮވަނީސް ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ދަންނަ މީހެއް ވެސް ނޫން ކަމުގައި ބުނާނެއޭ.“
އަނެއްކާވެސް ޕަތަރަސް އެކަމާއި ދެކޮޅުހެދިއެވެ. އަދި ހަމަ އެވަގުތު ފަތިހުގެ ހާ ގޮވިއެވެ.