58 ތަންކޮޅެއް ފަހުން އެހެންމީހަކަށް ޕަތަރަސް ފެނިފައި ބުންޏެވެ. ”ކަލޭ ވެސް ތިޔައީ އެމީހުންގެ މީހެއް.“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”އޭ ފިރިހެނާ. އަހަރެން މިއީ އެމީހުންގެ މީހެއް ނޫން.“
ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅުހެދިއެވެ. އޭނާ ބުންޏެވެ. ”އޭ އަންހެނާ، އަހަންނެއް އޭނާއެއް ނުދަންނަން.“
އެވަގުތު ޝަމްއޫނު ޕަތަރަސް ހީކަރުވާތީ އެތާނގައި ހުރި އަލިފާންގަނޑުގެ ކައިރީގައި ހުއްޓާ މީހަކު ބުންޏެވެ. ”ކަލޭ ވެސް ތިޔައީ އީސާގެފާނާއި އެއްކޮށް އުޅޭ އަސްޙާބީންގެ މީހެއް ނޫންތަ؟“ ޕަތަރަސް ބުންޏެވެ. ”އަހަރެން މީ އޭނާޔާ އެއްކޮށް އުޅޭ މީހެއް ނޫން.“
އެތާނގެ ކައިރީގައި އުއްތަމަ އިމާމުގެ ގޭގެ ނޯކަރަކު ހުއްޓެވެ. މިމީހާއަކީ ޕަތަރަސް އެމީހާގެ ކަންފަތް ކަނޑާލި މީހާގެ ތިމާގެ މީހެކެވެ. އޭނާ ބުންޏެވެ. ”އެކަމަކު ކަލޭ ޒައިތޫނިގަސް ދަނޑުގެ ތެރޭގައި އީސާ އާ އެކު ހުއްޓާ ފެނުނުހެން އަހަރެންނަށް ހާދަ ހީވެއޭ.“