57 ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅުހެދިއެވެ. އޭނާ ބުންޏެވެ. ”އޭ އަންހެނާ، އަހަންނެއް އޭނާއެއް ނުދަންނަން.“
އެކަމަކު އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުންނީ އަހަރެންނަށް އީމާންވެގެންވާ ބަޔަކު ނޫންކަމުގައި ބުނާނަމަ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބައެއް ނޫންކަމުގައި އަހަރެން ދަންނަވާނަން.“
ނަމަވެސް އެތަނުގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި ޕަތަރަސް ބުންޏެވެ. ”ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގޭ.“
އަދި މީސްތަކުންގެ ކުރިމަތީގައި އެބަޔަކު ތިމަންކަލޭގެފާނަށް އީމާންނުވާ ކަމުގައި ބުނެފިނަމަ ތިމަންކަލޭގެފާނު ވެސް މާތްރަސްކަލާނގެ މަލާއިކަތުންގެ ކުރިފުޅުމަތީގައި އެބަޔަކު ނުދަންނަ ކަމުގައި ބުނާނަން.
ނޯކަރު އަންހެންކުއްޖަކަށް އަލިފާންގަނޑުގެ އަލިން ޕަތަރަސްގެ މޫނު ފެނުމުން އޭނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިފައި ބުންޏެވެ. ”މިއީ ވެސް އޭނާ އާއި އެކު އުޅޭ މީހެއް.“
ތަންކޮޅެއް ފަހުން އެހެންމީހަކަށް ޕަތަރަސް ފެނިފައި ބުންޏެވެ. ”ކަލޭ ވެސް ތިޔައީ އެމީހުންގެ މީހެއް.“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”އޭ ފިރިހެނާ. އަހަރެން މިއީ އެމީހުންގެ މީހެއް ނޫން.“
އެވަގުތު ޝަމްއޫނު ޕަތަރަސް ހީކަރުވާތީ އެތާނގައި ހުރި އަލިފާންގަނޑުގެ ކައިރީގައި ހުއްޓާ މީހަކު ބުންޏެވެ. ”ކަލޭ ވެސް ތިޔައީ އީސާގެފާނާއި އެއްކޮށް އުޅޭ އަސްޙާބީންގެ މީހެއް ނޫންތަ؟“ ޕަތަރަސް ބުންޏެވެ. ”އަހަރެން މީ އޭނާޔާ އެއްކޮށް އުޅޭ މީހެއް ނޫން.“
އަނެއްކާވެސް ޕަތަރަސް އެކަމާއި ދެކޮޅުހެދިއެވެ. އަދި ހަމަ އެވަގުތު ފަތިހުގެ ހާ ގޮވިއެވެ.
ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.
ނަމަވެސް އަހަރެމެންގެ ފާފަތަކަށް އިޢުތިރާފު ވުމުން އެކަލާނގެ އަހަރެމެންގެ ފާފަތައް އަފޫ ކުރައްވައި އަހަރެމެންގެ ކުށްފާފަތައް ފިއްލަވައި ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ އިތުބާރު ކުރެވޭ އަދުލުވަންތަ ކަލާނގެއެވެ.