50 އެހެން ބުނުމާއެކު އަސްޙާބީންގެ ތެރެއިން އެކަކު އުއްތަމަ އިމާމުގެ ނޯކަރުންގެ ތެރެއިން މީހަކަށް ކަނޑިން ދިން ހަމަލާގައި އޭނާގެ ކަނާއަތު ކަންފަތް ކަނޑާލިއެވެ.
ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބޭކަލަކު ކަނޑި އުރައިން ދަމައިގަތުމަށް ފަހު ދިން ޙަމަލާއެއްގައި އުއްތަމަ އިމާމުގެ ނޯކަރެއްގެ އެއް ކަންފަތް ކަނޑާލިއެވެ.
އީސާގެފާނުގެ އަސްޙާބީންނަށް ވާން މިއުޅެނީ ކީއްކަން އެނގުމުން އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑުމެންގެ ކަނޑިތަކުން އެމީހުންނާ ހަމަލާދެން ތަ؟“
އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ މިހާރު ތިކަންތައް ހުއްޓާލާ.“ ދެން އީސާގެފާނު އެމީހާގެ ކަންފަތުގައި އަތްޕުޅު ބީއްސަވާ އޭނާގެ ކަންފަތް ރަނގަޅު ކުރެއްވިއެވެ.