46 އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.“
އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.“
އެތަނަށް ދެވުމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ވަސްވާހާއި ފާފައިން ދުރުހެލިވުމަށް ދުޢާކުރޭ.“
އެކަލޭގެފާނު ދުޢާފުޅުން ނިމިވަޑައިގެން އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި އިރު އެމީހުންނަށް ތިބީ ނިދިފަ. އެއީ އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ވީ ވަރުބަލިން.