Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:45 - ކިތާބުލް މުޤައްދަސާ

45 އެކަލޭގެފާނު ދުޢާފުޅުން ނިމިވަޑައިގެން އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި އިރު އެމީހުންނަށް ތިބީ ނިދިފަ. އެއީ އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ވީ ވަރުބަލިން.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:45
6 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެކަލޭގެފާނު އެ ތިން އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އަދި އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟


އެއަށް ފަހު އީސާގެފާނު އެނބުރި ވަޑައިގެންނެވީ އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށެވެ. އަދި މިފަހަރު ވެސް އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވިއެވެ.


އެއަށް ފަހު އެކަލޭގެފާނު އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެ ތިން އަސްޙާބީންނަށް ވަނީ ނިދިފައެވެ. އެ ހިނދު އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠ޕަތަރަސް، ނިދަނީތަ؟ އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟⁠“


ދެން ފުން ހިތާމަ ލިބިގެންވާ ހާލުގައި އެކަލޭގެފާނު ތެދުހިތުން ދުޢާ ކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ހަށިކޮޅުން އޮހެމުން ދިޔަ ދާފޮދު ލޭ ތިކިތަކެއް ފަދައިން ބިންމައްޗަށް އޮހެމުން ދިޔައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ