40 އެތަނަށް ދެވުމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ވަސްވާހާއި ފާފައިން ދުރުހެލިވުމަށް ދުޢާކުރޭ.“
އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!‘
އަޅަމެންގެ މައްޗަށް ނުބައިކޮށް ކަންކުރާ މީހުން ކުރާ ކަންތައްތައް އަޅަމެންގެ ހިތުން ފޮހެލާ ނައްތާލާ ފަދައިން އިނބަރަސްކަލާނގެ އަޅަމެން ކުރާ ކުށްތައް ވެސް ފުއްސަވާފާނދޭ. އަޅަމެން ނުބައި ކަމެއް ކުރުމަށް މެދުވެރިކޮށްފާނޭ ފަދަ މަގެއް އަޅަމެންނަށް ނުދައްކަވާފާނދޭ.‘“
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.“
ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.
އަހަރެން ތިޔަބައިމީހުން ކެތްތެރިވެ ދެމިތިބުމަށް ކުރި އަމުރުގައި ތިޔަބައިމީހުން ހިފަހައްޓައި ތިބުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތުގައި އެ މުސީބާތުން އަހަރެން ތިޔަބައިމީހުން ސަލާމަތް ކޮށްދޭނަން.