Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:4 - ކިތާބުލް މުޤައްދަސާ

4 ދެން ޔުދާސް ބޮޑު އިމާމުންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިންގެ ކައިރިއަށް ގޮސް އީސާގެފާނު ހައްޔަރުކުރެވޭނެ ރަނގަޅު ގޮތަކާއި މެދު މަޝްވަރާ ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:4
9 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ.


އެމީހުން މި ކަމާއި ވަރަށް ބޮޑަށް އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް އެއްބަސް ވެއްޖެއެވެ.


ދެން އެކަލޭގެފާނު ހައްޔަރު ކުރުމަށް އައި ބޮޑު އިމާމުންނަށާ، ބައިތުލް މަޤްދިސް ބަލަހައްޓާ ގާޑުންގެ އޮފިސަރުންނަށާ، ބަނީއިސްރާއީލުގެ ބޮޑުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ހައްޔަރުކުރަން ލަޓިބުރިތަކާ ކަނޑިތައް ހިފައިގެން ތިއައީ އަހަރެން މިއީ ނުބައި ކުށްވެރިއަކަށް ވުމުން ތަ؟


ޕަތަރަސްއާއި ޔޫޙަންނާ މީސްތަކުންނާއި ވާހަކަ ދައްކަމުން ގެންދަނިކޮށް، ބަނީއިސްރާއީލުގެ އިމާމުންގެ ބަޔަކާއި ބައިތުލް މަޤްދިސް ބެލެހެއްޓުމަށް ތިބޭ ސިފައިންގެ ވެރިމީހާ އާއި ބައެއް ސާދުސީން އެމީހުންގެ ކައިރިއަށް އެތަނަށް އައެވެ.


މި ވާހަކަތަކުގެ އަޑު އިވުމުން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިޔާއާއި ބޮޑު އިމާމުންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ވާނުވާއެއް ނޭނގި ހައިރާންވިއެވެ.


ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ