Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:37 - ކިތާބުލް މުޤައްދަސާ

37 އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:37
17 ပူးပေါင်းရင်းမြစ်များ  

އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ.


ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ އެކަލޭގެފާނާއިމެދު ޖިނާޢީ ގޮތުން ތުހުމަތު ކުރައްވައި ކުށްވެރި ކުރެއްވުމުންނެވެ.


އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިގެން މީސްތަކުންނާއި ދުރަށް އެއްފަރާތަކަށް ވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެމެން މި ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފަ. އަދި އެރަށުގައި އިންސާނާގެ ދަރިކަލުންނާއި މެދު އިހު ޒަމާނުގެ ނަބީބޭކަލުން ލިޔުއްވި ކަންތައްތައް އެބޭކަލުން ލިޔުއްވި ފަދައިން ހިނގާ ނިމިދާނެ.


މާތްރަސްކަލާނގެ ނިންމަވާފައިވާ ނިންމެވުމާއި އެއްފަދައިން އިންސާނާގެ ދަރިކަލުން ކުރިއަށް ދާނެ. ނަމަވެސް އޭނާއަށް ޚިޔާނާތްތެރި ވާނޭ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ.⁠“


ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އެހެންނަމަވެސް މިހާރު ކަލޭމެން އަތުގައި ދަބަހެއް ވާނަމަ އެ ގެންދޭ. ފޮއްޓެއް ވިޔަސް އެވެސް ގެންދޭ. އަދި ކަލޭމެންގެ އަތުގައި ކަނޑިއެއް ނެތް ނަމަ ކަލޭމެންގެ ކޮނޑުގައި ވާ ސާލު ވިއްކާލާފައި ކަނޑިއެއް ވެސް ގަނޭ.


ދެން އެކަލޭގެފާނު ހައްޔަރު ކުރުމަށް އައި ބޮޑު އިމާމުންނަށާ، ބައިތުލް މަޤްދިސް ބަލަހައްޓާ ގާޑުންގެ އޮފިސަރުންނަށާ، ބަނީއިސްރާއީލުގެ ބޮޑުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ހައްޔަރުކުރަން ލަޓިބުރިތަކާ ކަނޑިތައް ހިފައިގެން ތިއައީ އަހަރެން މިއީ ނުބައި ކުށްވެރިއަކަށް ވުމުން ތަ؟


މަރުގެ އަދަބު ދިނުމަށްޓަކައި އީސާގެފާނުގެ އިތުރުން ކުށްވެރިންގެ ދެމީހަކު ވެސް ގެނެވުނެވެ.


ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.


އަހަރެމެންނަށް އެނގޭ ފަތްފުށްތަކުގައި ލިޔެވިފައިވާ ލިޔުންތަކަކީ ދުވަހަކު ވެސް ބަދަލެއް ނާންނާނެ ބަސް ފުޅުތަކެއްކަން. މާތްރަސްކަލާނގެ ވެސް ވަޙީކުރައްވާފައިވޭ، އެކަލާނގެ ބަސްފުޅު ދެއްވި މީހުން އެއީ ކަލުންނޭ.


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި ކަންތައް އަޅުގަނޑު މިވަނީ ނިންމާފައި. އެހެންކަމުން ބައްޕާފުޅުގެ ޖަލާލުވަންތަކަން މި ދުނިޔޭގައި ފާޅުވެގެންދިޔަ.


އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”⁠މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ