Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:36 - ކިތާބުލް މުޤައްދަސާ

36 ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އެހެންނަމަވެސް މިހާރު ކަލޭމެން އަތުގައި ދަބަހެއް ވާނަމަ އެ ގެންދޭ. ފޮއްޓެއް ވިޔަސް އެވެސް ގެންދޭ. އަދި ކަލޭމެންގެ އަތުގައި ކަނޑިއެއް ނެތް ނަމަ ކަލޭމެންގެ ކޮނޑުގައި ވާ ސާލު ވިއްކާލާފައި ކަނޑިއެއް ވެސް ގަނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:36
10 ပူးပေါင်းရင်းမြစ်များ  

އަދި ދަތުރަށް ޓަކައި އިތުރު އެއްވެސް އެއްޗެއް ނުގެންދާތި. ދަތުރު ދަބަހެއް ވިޔަސް ނޫނީ އިތުރު ހެދުމެއް ވިޔަސް، ނޫނީ ފައިވާނެއް ވިޔަސް ނޫނީ ހިނގާ މަގުގައި ބޭނުން ކުރާ އަސާއެއް ވިޔަސް ގެންގޮސްގެން ނުވާނެ. މަސައްކަތްތެރިންނަށް އެބައިމީހުންގެ ރޯދި ޙައްޤުވެގެން ވާނެ.


ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.⁠“


އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“


އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ބައްލަވާ. މިއޮތީ ދެކަނޑި.⁠“ އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އިތުރަށް ތި ކަނޑީގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން.⁠“


ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން އެންމެން ވޭނާއި ކެކުޅުން އުފުލާން ޖެހޭނެ ކަމުގައި އަހަރެމެން ބުނީމެވެ. އަދި އަހަރެމެން ބުނެދިން ފަދައިން އެކަންތައްތައް ހިނގައިދިޔަކަން ތިޔަބައިމީހުން ދަންނާނެއެވެ.


އެހެންވެ އަލްމަސީޙު ޖިސްމާނީ ގޮތުން ވޭން އުފުލެއްވިއެވެ. ތިޔަބައިމީހުން ވެސް އެކަލޭގެފާނު އުފުއްލެވިފަދަ ވޭނެއްގައި ވުމަށް ތައްޔާރުގައި ތިބޭށެވެ. ސަބަބަކީ އެފަދަ ވޭން ދައްކައިދެނީ ތިޔަބައިމީހުން ފާފަތަކުން އެއްކިބާ ވެގެންވާކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ