Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:35 - ކިތާބުލް މުޤައްދަސާ

35 ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:35
16 ပူးပေါင်းရင်းမြစ်များ  

އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.


ކަލޭމެން ދާއިރު ގިނަފައިސާ އާ ބޮޑެތި ދަބަސްތައް ނުގެންދާތި. އަރައިގެން ހުރި ފައިވާން ފިޔަވާ ފައިވާނެއް ވެސް ނުގެންދާތި. އަދި ދާ މަގުމަތީގައި މީހުންނާއި ވާހަކަ ދެއްކުމަށް މަޑު ވެސް ނުކުރާތި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.⁠“


ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އެހެންނަމަވެސް މިހާރު ކަލޭމެން އަތުގައި ދަބަހެއް ވާނަމަ އެ ގެންދޭ. ފޮއްޓެއް ވިޔަސް އެވެސް ގެންދޭ. އަދި ކަލޭމެންގެ އަތުގައި ކަނޑިއެއް ނެތް ނަމަ ކަލޭމެންގެ ކޮނޑުގައި ވާ ސާލު ވިއްކާލާފައި ކަނޑިއެއް ވެސް ގަނޭ.


އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ދަތުރަށްޓަކައި އެއްވެސް އެއްޗެއް ނުގެންދާތި. ހިނގާ މަގުމަތީ ބޭނުންކުރާނެ އަސައެއް ވެސް، ދަބަހެއް ވެސް، ކާއެއްޗެއް ވެސް، ފައިސާ ވެސް އަދި ލައިގެންހުރި ގަމީސް ފިޔަވާ އެހެން ގަމީހެއް ވެސް ނުގެންދާތި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ