Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:3 - ކިތާބުލް މުޤައްދަސާ

3 ދެން ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ހިމެނޭ ޔުދާސް އިސްކަރިޔޮތުގެ ހިތަށް އިބިލީސް ވަސްވާސް ދީ އޭނާގެ މައްޗަށް ވެރިވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:3
16 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނޭ މީހާގެ އަތް ވެސް އަހަރެންގެ އަތާއި އެކު ހަމަ މި މޭޒުމަތީގައި އެބަވޭ.


އަދި ޔަޢުޤޫބު ގެ ދަރި ޔުދާސް އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން ވީ ޚިޔާނާތްތެރިއަކަށެވެ.


ޔުދާސް މިހެން ބުނީ އޭނާ ކޮންމެހެން ފަޤީރުންނާއި ދޭތެރޭ އަޅާލާތީއަކީ ނޫނެވެ. އޭނާއަކީ ވަގެއް ވީމައެވެ. އަސްޙާބީންގެ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ އިރު އޭނާ އެ ފައިސާއިން ވަނީ ވައްކަން ކޮށް ހަދައެވެ.


”⁠އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’⁠އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.⁠‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.


އެރޭ ފަރިއްކޮޅު ފެށުނު ވަގުތު ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސް ލައްވައި އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް ލަޢުނަތްލެއްވި އިބިލީސް ވަނީ ވަސްވާސް ކޮށްފައެވެ.


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ