23 ދެން އަސްޙާބީންގެ ތެރޭ މިކަމާމެދު ބަހުސް އުފެދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އަހަރެމެންގެ ތެރެއިން މިފަދަ ކަމެއް ކޮށްފާނެ ފަދަ މީހަކީ ކާކުބާ؟“
އެބޭކަލުން ނުހަނު ދެރަވެ އަދި ކޮންމެ ބޭކަލަކު ވެސް އީސާގެފާނަށް ދަންނަވަމުން ގެންދިޔައެވެ. ”މާތްސާހިބާ، ހަމަ ޔަޤީނުން ވެސް އަޅުގަނޑަކީ ކަލޭގެފާނާއި ދެކޮޅުވެރި ވާނޭ މީހެއްމެ ނޫން.“
އެންމެހައި އަސްޙާބީން ފުން ހިތާމައާއިއެކު ނުތަނަވަސްވެ ތިބެ ފަހަރަކު މީހަކު އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”ހަމަޔަޤީނުން ވެސް ކަލޭގެފާނު ތިޔަ މާނަ ކުރެއްވީ އަޅުގަނޑަކަށްނޫން. އެހެން ނޫންތޯ؟“
މާތްރަސްކަލާނގެ ނިންމަވާފައިވާ ނިންމެވުމާއި އެއްފަދައިން އިންސާނާގެ ދަރިކަލުން ކުރިއަށް ދާނެ. ނަމަވެސް އޭނާއަށް ޚިޔާނާތްތެރި ވާނޭ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ.“
އަދި އެމީހުންގެ ތެރެއިން އެންމެ މަތީ މަޤާމެއް ވާނީ ކާކަށް ކަމާއިމެދު ވެސް އެމީހުންގެ މެދުގައި ޒުވާބު އުފެދިއްޖެއެވެ.