Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:20 - ކިތާބުލް މުޤައްދަސާ

20 ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ. ”⁠މިއީ އެލޭ ކަލޭމެންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ ޢަހުދުނާމާ ގާއިމު ކުރުމަށްޓަކާ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:20
13 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު ދޮލަނގަށް އެޅުއްވި ލޭތައް އެމީހުންގެ މައްޗަށް ބުރުވާލައްވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާ! ކަލޭމެންގެ މައްޗަށް މި އަމުރުފުޅު ފޮނުއްވައި މާތްރަސްކަލާނގެއާ ކަލޭމެންނާ ދެމެދު ކުރެވޭ ޢަހުދުނާމާގައި މި ސިއްކަ ޖެހުނީ.⁠“


މިއީ، އަހަރެންގެ ލޭ. އެހެނީ މި ލެއަކީ އެ ލެއަކުން އެތައް ބަޔެއްގެ ފާފަ ޢަފޫކުރެވުމަށްޓަކައި އޮހޮރިގެން ދާނެ އަހަރެންގެ ލޭ. އަދި މީސްތަކުންނާއި މާތްރަސްކަލާނގެއާއި ދެމެދުގައި ގާއިމު ކުރެވޭނޭ އާ ޢަހުދުނާމާ.


އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔައީ އަހަރެންގެ ލޭ. ތިޔަ ލޭ އޮއްސާލެވެނީ އެތައް ބަޔަކަށްޓަކައި. އަދި މިއީ މީސްތަކުންނާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ގާއިމު ކުރެވޭ އާ ޢަހުދުނާމާ.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.


އެހެންގޮތަކަށް ބުނާނަމަ ވަސިއްޔަތް ކުރި މީހާ ދުނިޔޭގައި ހުއްޓައި އެވަސިއްޔަތަކަށް އަމަލެއް ނުކުރެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ