Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:17 - ކިތާބުލް މުޤައްދަސާ

17 ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްޙާބީންނަށް ދެއްވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:17
15 ပူးပေါင်းရင်းမြစ်များ  

ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.


އަދި ހަތް ބޯރޮއްޓާއި، މަސްކޮޅު ނެންގެވުމަށް ފަހު އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެ ކާނާ ބައިބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވިއެވެ. އަދި އަސްޙާބީން މީސްތަކުންނަށް އެތަކެތި ދެއްވިއެވެ.


އެބައިމީހުން ކާން ތިބި ހިނދު އީސާގެފާނު ބޯރޮއްޓެއް ނަންގަވައި، އެ ރޮއްޓަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދަންނަވައި އެ ރޮށި ފަޅިކޮށްލެއްވިއެވެ. އަދި އެކަލޭގެފާނު ނެންގެވި ބޯރޮށި އެތި ކޮޅުކޮޅަށް ބައިކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠މި ރޮށިކޮޅު ނަގައި ކާލާ. މިއީ އަހަރެންގެ ހަށިގަނޑު.⁠“


އެބޭކަލުން ފަރީއްކުޅުވަމުން ގެންދެވިހިނދު، އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަޅި ކުރައްވައި އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ އަހަރެންގެ ހަށިގަނޑު.⁠“


ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“


ދެން އީސާގެފާނު އަސްޙާބީންގެ އަތުގައި ވީ ފަސް ބޯރޮއްޓާއި ދެމަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާ މިކާތަކެތި ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެ ފަސް ބޯރޮއްޓާއި ދެމަސް އެތައް ބަޔަކަށް ބައިކޮށް ލައްވައިފައި އެންމެންނަށް ބަހާލުމަށްޓަކައި އަސްޙާބީންނަށް ދެއްވިއެވެ.


ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ޤުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ