Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:15 - ކިތާބުލް މުޤައްދަސާ

15 އެބައިމީހުން ކެއުމުގެ ތެރޭގައި ވަނިކޮށް، އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް އަނިޔާ އާއި ވޭން ލިބުމުގެ ކުރިން ކަލޭމެންނާއި އެކު މިޢީދުގެ ކެއުން ކެއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުން ވީމު.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:15
6 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޭގެކުރިން އަހަރެން ވަރަށް ބޮޑު އުނދަގުލަކާއި ކުރިމަތިލާން އެބަޖެހޭ. އެކަންތައްތައް ހިނގާ ނިމެންދެން އަހަރެންގެ ހިތް މި ވަނީ ވޭނުން ފުރިފަ.


ރޭގަނޑުގެ ކެއުމުގެ ވަގުތު އީސާގެފާނާއި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެގެއަށް ވަޑައިގަތް މޭޒު ދޮށުގައި ފަރިއްކުޅުއްވުމަށް އިށީނދެ ވަޑައިގަތެވެ.


އަހަރެން ކަލޭމެންނަށް ޔަޤީންކަމާއިއެކު ބުނަން. މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން މުޅިން ދިންނަވާ އަދި އަހަރެން އަލްމަސީޙު ފަދައިން މުޅި މި ދުނިޔޭގެ މައްޗަށް ވެރިކަން ކުރާ ދުވަހު އަހަރެން މިޢީދުގެ ކެއުން ކެއުމުން މިޢީދުގެ އަސްލު މާނަ ފުރިހަމަވެ ނިމޭނެ. އަދި މިފަދައިން ކަންތައްތައް ވުމުގެ ފަހުން ނޫނީ އަހަރެން މިޢީދުގެ ކެއުން އަލަކުން ނުކާނަން.⁠“


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ