Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:13 - ކިތާބުލް މުޤައްދަސާ

13 ޕަތަރަސް އާއި ޔޫޙަންނާ އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި މަގުން ހުރިހާ ކަމެއް ހިނގާދިޔައެވެ. ދެން އެބައިމީހުން އެތާނގައި ޢީދުގެ ކެއުން ތައްޔާރު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:13
7 ပူးပေါင်းရင်းမြစ်များ  

އެމީހުން އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި ފަދައިން ބަނދެފައި އޮތް ޅަ ހިމާރެއް ފެނުނެވެ.


އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.


އޭނާ އެގޭގެ މަތީ ބުރީގައި ވާ ބޮޑު ކޮޓަރިއެއް ކަލޭމެންނަށް ދައްކާނެ. އެކޮޓަރީގައި ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ. ދެން އެތާނގައި ކެއުން ތައްޔާރު ކުރޭ.⁠“


ރޭގަނޑުގެ ކެއުމުގެ ވަގުތު އީސާގެފާނާއި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެގެއަށް ވަޑައިގަތް މޭޒު ދޮށުގައި ފަރިއްކުޅުއްވުމަށް އިށީނދެ ވަޑައިގަތެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭ ވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.⁠“


ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”⁠އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.⁠“


އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ