Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 22:11 - ކިތާބުލް މުޤައްދަސާ

11 ދެން އެގޭގެ ވެރި މީހާއަށް ބުނޭ. ’⁠އެދުރުމީހާ ބުންޏޭ: މި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަހަރެންނާއި އަހަރެންގެ އަސްޙާބީން ކެއުމަށްޓަކައި ހަމަ ޖައްސައިފައިވާ ކޮޓަރި ކޮބައިހޭ؟⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 22:11
9 ပူးပေါင်းရင်းမြစ်များ  

އަދި އެއްވެސް މީހަކު ތިޔަބައިމީހުންގެ ކައިރިން ތިޔަކުރަނީ ކީއްތޯ އަހައިފިނަމަ ބުނޭ. ’⁠މާތްސާހިބާ އެއަށް އެދިވަޑައިގެން ވެޔޭ. ވީމަ އެކަލޭގެފާނުގެ އަރިހަށް އެ ދޭތި ގެންދަނީ⁠‘ ކަމުގައި ބުނޭ. އިސާހިތަކު އެ ތަކެތި ގެންދިއުމުގެ ހުއްދަ އެމީހަކު ދޭނެ.⁠“


އޭނާ ވަންނަ ގެއަށް ވަދެ އެ ގޭގެ ވެރިމީހާއަށް ބުނޭ: ’⁠އެދުރުކަލޭގެފާނު ބުންޏޭ، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަސްޙާބީން މި ޢީދުގެ ޖާފަތް ބާއްވަންވީ ކޮޓަރި ކޮބައިހޭ؟⁠‘


ކަލޭމެން އޭތި މޮހައިލީ ކީއްވެތޯ އެއްވެސް މީހަކު ކަލޭމެން ކުރެން ސުވާލު ކޮށްފި ނަމަ ބުނޭ. ’⁠މާތްސާހިބާ އެއަށް ބޭނުން ވެއްޖޭ.⁠‘⁠“


އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ އެއަށް ބޭނުންފުޅު ވެގެން.⁠“


އީސާގެފާނު އެގަހާ އަރާ ހަމަވެ ވަޑައިގެން ވަގުތު މައްޗަށް ބައްލަވާ ވިދާޅުވިއެވެ. ”⁠އޭ ޒައްކާޔުސް. އަވަހަށް ގަހުން ފައިބާ. އަހަރެން މިއަދު ކަލޭގެ ގޭގައި ހުންނަން ޖެހިއްޖެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ޖެރޫސަލަމުގެ ރަށު ތެރެއަށް އަރައިގެންދާ މަގުމަތީ ފެން ރުނބައެއް ހިފައިގެންދާ ފިރިހެނަކު ކަލޭމެންނާއި ބައްދަލު ވާނެ. އޭނާއާއި އެކު އޭނާ ދާ ގެއަކަށް ދޭ.


އޭނާ އެގޭގެ މަތީ ބުރީގައި ވާ ބޮޑު ކޮޓަރިއެއް ކަލޭމެންނަށް ދައްކާނެ. އެކޮޓަރީގައި ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ. ދެން އެތާނގައި ކެއުން ތައްޔާރު ކުރޭ.⁠“


މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.⁠“


ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ