Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 21:7 - ކިތާބުލް މުޤައްދަސާ

7 އެބައިމީހުން ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވި ގޮތަށް ކަންތައްތައް ވާނީ ކޮން އިރަކުންތޯ؟ އަދި އެކަންތައް ވާން އުޅޭ ކަމުގެ އަލާމާތަކަށް ވާނީ ކޮން ކަމެއް ތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 21:7
13 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟⁠“


އެދުވަހުން މުޤައްދަސް ބިނާގައި ތާހިރުވެގެން ނުވާފަދަ ލާދީނީ ފަރާތެއްގެ ބިރުވެރިކަން ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!) ދެން އެ ދުވަހުން ޖުދެއާ ކަރައިގައި ތިބި ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާނެ.


އަހަރެން މިބުނާ އެއްޗެއް އަހާ. މިކަންތައްތައްވެ ނުނިމެނީސް މިހާރު މި ދުނިޔޭގައި މި ވާ މީހުން ނެތިގެނެއް ނުދާނެ.


”⁠ކަލޭމެންނަށް މިހާރު ތިޔަ ފެންނަ ތަން މުޅިން ނެތިވެ ގޮސް އެންމެ ގާބުރިއެއް ވެސް އަނެއް ގާބުރި އެއްގެ މަތީ ނުވާނެ ދުވަހެއް އެބަ އާދޭ.⁠“


އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”⁠ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’⁠ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.⁠‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ