ލޫކާސް 21:37 - ކިތާބުލް މުޤައްދަސާ37 ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.
އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ.
އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!“
މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ. އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ.