ލޫކާސް 21:27 - ކިތާބުލް މުޤައްދަސާ27 އެމީހުންނަށް އޭރު އިންސާނާގެ ދަރިކަލުން ވިލާގަނޑެއްގައި އެކަލޭގެފާނުގެ ކީރިތި ކަމާއި މަތިވެރި ކަމާއި އެންމެ މަތިވެރި ބާރުފުޅާއި އެކު ވަޑައިގަންނަވާ ތަން ފެންނާނެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.“
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.
އެއަށް ފަހު، އަހަރެން ބަލައިލީމެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ ވިލާގަނޑެއް ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ ހުދު ކުލައިގެ ވިލާގަނޑުގައި އިށީނދެ ވަޑައިގެން އިންނެވީ އިންސާނާގެ ދަރިކަލުން ހެން ހީވާ މީހެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަނުގެ ތާޖެއް ވިއެވެ. އަދި ވަރަށް ތޫނު ބަޅުވަޅިއެއް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ.