26 މީސްތަކުން ދުނިޔެއަށް މި ވާނުވާ ގޮތެއް ނޭނގި ބިރުން ހޭ ނެތޭނެ. މުޅި ޖައްވާއި ޖައްވުގައި ވާ ހުރިހާ އެއްޗެއް ތުރުތުރު އަޅާނެ.
”އެ މުސީބާތުގެ ދުވަސްތަކަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ފަނޑުވެގެން ދޭ. އަދި ހަނދުން ހަނދުވަރު ނުލިބޭނެ. އުޑުން ތަރިތައް ފައިބާނެ. އަދި އުޑުތަކުގެ ބާރުތަކަށް ގުޑުން އަރާނެ.
އުޑުން ތަރިތައް ފައިބާނެ. އަދި އުޑުގެ ބާރުތައް ހެލުންގަނޑަކުން ހެލިގެން ދާނެ.
އިރާއި ހަނދާއި ތަރިތަކުގައި ވެސް އަލާމާތްތައް ވާނެ. ދުނިޔޭގެ ކަނޑު ގަދަވެ ރާޅު ބޮޑުވެ ތޫންފާންތައް އައިސް މީސްތަކުން ވަރަށް ބޮޑަށް ބިރުގަނެ ހައިރާންވާނެ.
އެމީހުންނަށް އޭރު އިންސާނާގެ ދަރިކަލުން ވިލާގަނޑެއްގައި އެކަލޭގެފާނުގެ ކީރިތި ކަމާއި މަތިވެރި ކަމާއި އެންމެ މަތިވެރި ބާރުފުޅާއި އެކު ވަޑައިގަންނަވާ ތަން ފެންނާނެ.