Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 21:23 - ކިތާބުލް މުޤައްދަސާ

23 އެދުވަހު މާބަނޑު އަންހެނުންނަށާއި ގާތުން ކިރުދޭ މައިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ. އެދުވަސްވަރު އެރަށުގެ މީހުންނަށް އުނދަގުލާ ހިތާމަ އާއި ކޯފާ ފޮނުއްވޭ ހުށި!

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 21:23
18 ပူးပေါင်းရင်းမြစ်များ  

އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’⁠ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.⁠‘⁠“


ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠އެ ހިތް ނުބައި މީސްތަކުން ނުބައި ގޮތެއްގައި މަރައިލާނެ. އަދި މޭބިސްކަދުރު ކަނޑާ މޫސުމުގައި އޭނާއަށް އޭނާގެ ޙިއްސާ ދޭނެ ރަނގަޅު ބަޔަކަށް އޭނާ އެދަނޑު ކުއްޔަށް ދޭނެ.⁠“


މި ގަލުގައި އަޅައިގަނެ ވެއްޓޭ ކޮންމެ މީހަކު ހަލާކު ވެދާނެ. އަދި މި ގާ ކޮންމެ މީހެއްގެ މައްޗަށް ވެއްޓުނު ކަމުގައިވިޔަސް އެ މީހަކުމެ ޗިސްޗިސް ވެދާނެ.⁠“


އެ ދުވަސްތަކުގައި މާބަނޑު އަންހެނުންނަށާއި ކިރުމައިންނަށް ހުރި ހިތާމައެއްގެ ބޮޑުކަން!


އެ ދުވަސްތަކުގައި މާބަނޑު އަންހެނުންނަށާއި ކިރުމައިންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ!


އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.⁠‘⁠“


ކަލޭމެންގެ އަދާވަތްތެރިން ކަލޭމެންނާއި އިދިކޮޅަށް ވަށައިގެން ފާރެއް ރާނާ ކަލޭމެން ބައްދާލާނެ ދުވަހެއް އެބައާދޭ.


ކަލޭމެން އެކަކު އަނެކަކަށް މިފަދައިން ބުނާނެ ދުވަހެއް އަންނާނެ. ’⁠ދުވަހަކު ވެސް ދަރިއަކު ނުލިބޭ އަންހެނުންނާއި ދަރިއަކަށް ކިރު ނުދޭ އަންހެނުންނަށް ބަރަކާތްތެރިކަން ހުއްޓޭ.⁠‘


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.


މުއްސަނދި މީސްތަކުންނޭވެ. އަހަރެންގެ މިވާހަކަ އާއިމެދު ކަނުލައި އަޑުއަހާށެވެ. ކަލޭމެންނާއި ކުރިމަތިވަމުން އަންނަ މުސީބާތްތަކާއި މެދު ރޮއި ހޭރޭނޭއެވެ!


އިންސާފު ކުރެވޭ ދުވަހުން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އެކަލާނގެ ދަރިންނަށް އިސްކަމެއްދެއްވަތެވެ. އަދި އަހަރެމެން މަސީޙީން ވެސް އެއްކިބާ ނުކުރައްވާ އެކަލާނގެ އިންސާފު ކުރައްވަތެވެ. ވީއިރު އެ ހެޔޮޚަބަރުފުޅާ މެދު އީމާންނުވެ ދެކޮޅުވެރިވީ ފަރާތްތަކާ މެދު ހުރި ބިރެއް އަދި ކިހާ ބޮޑުވާނެ ހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ