Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 21:20 - ކިތާބުލް މުޤައްދަސާ

20 ޖެރޫސަލަމުގެ ވަށައިގެން ދުޝްމިނުންގެ ފައުޖުތައް ވާތަން ފެނުމުން އެރަށުގެ ނިމުން ކައިރި ވީ ކަން ކަލޭމެންނަށް އެނގޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 21:20
7 ပူးပေါင်းရင်းမြစ်များ  

”⁠ވަގުތުޖެހުމުން ނަބީބޭކަލެއް ކަމުގައިވާ ދާނިޔާލް ވިދާޅުވެ ދެއްވާފައިވާ ފަދައިން ފަނާކުރުވަނިވި ނަޖިސް މުޑުދާރު އެތި މުޤައްދަސް މަޤާމުފުޅު ތެރޭގައި ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!)


އެދުވަހުން މުޤައްދަސް ބިނާގައި ތާހިރުވެގެން ނުވާފަދަ ލާދީނީ ފަރާތެއްގެ ބިރުވެރިކަން ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!) ދެން އެ ދުވަހުން ޖުދެއާ ކަރައިގައި ތިބި ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާނެ.


ކަލޭމެންގެ އަދާވަތްތެރިން ކަލޭމެންނާއި އިދިކޮޅަށް ވަށައިގެން ފާރެއް ރާނާ ކަލޭމެން ބައްދާލާނެ ދުވަހެއް އެބައާދޭ.


އެބައިމީހުން ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވި ގޮތަށް ކަންތައްތައް ވާނީ ކޮން އިރަކުންތޯ؟ އަދި އެކަންތައް ވާން އުޅޭ ކަމުގެ އަލާމާތަކަށް ވާނީ ކޮން ކަމެއް ތޯ؟⁠“


އެހެނީ މާތްރަސްކަލާނގެ މީހުންގެ ކިބައިގައި އޭރު އީމާންތެރިކަން ހުއްޓެވެ. އެމީހުން ޖެރިކޯ ސަހަރުގެ ވަށައިގެން ހަތްދުވަސްވަންދެން ހިނގިތަނާ އެސަހަރުގެ ފާރުތައް ވެއްޓުނެވެ.


އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ