Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 21:19 - ކިތާބުލް މުޤައްދަސާ

19 އަދި އެގޮތުގައި ދެމި ހުރުމުގެ ސަބަބުން ކަލޭމެންނަށް ތެދުނިޔަތުގައި ފުރިހަމަ ދިރިހުރުމެއް ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 21:19
26 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އެ އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުން ދިންނަވާނެ.


ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ދިންނެވުން ލިބޭނެ.


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.


މާތް ސާހިބާ ތިޔަބައިމީހުންނަށް މާތްކަލާނގެ ލޯތްބާއި، އަދި އެކަލޭގެފާނުގެ ކިބައިން އަންނަ ކެތްތެރިކަމާއި ތަހައްމަލްކުރުމުގެ ވިސްނުން ދެއްވާށި.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަލޭމެންނަށް ކަންތައް ކުރެވެންދެން ކަލޭމެންނަށް ޖެހޭނީ ކެތްތެރިވެ ތިބުމަށެވެ. އޭރުން އެކަލާނގެ ވަޢުދު ކުރެއްވި ކަންތައް ކަލޭމެންނަށް ލިބިގެން ދާނެއެވެ.


އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ.


އިބްރާހީމްގެފާނު ކެތްތެރިކަމާއެކު ހުންނަވައި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައް ލިބިވަޑައިގަތެވެ.


ސަބަބަކީ މިކަންތައްތަކުން ކަލޭމެން ތަޙައްމަލު ކުރާ ކުރުމުގެ ނަތީޖާއަކީ އީމާންތެރިކަމުގައި ކަލޭމެން ދެމި ތިބުމުގެ ގާބިލުކަން ލިބިގެންވާކަން އެނގިގެންވުމެވެ.


އެހެންވެ އެންމެހާ މުސީބާތްތަކަށް ކެތްތެރިވުމަށް ދަސްކުރާށެވެ. އޭރުން ކަންކަމަށް ދަހިވެތިނުވެ ރޫޙާނީ ގޮތުން ކަލޭމެން ފުރިހަމައަށް ތަސައްރަފުފުދި ދެއެވެ.


ތިޔަބައިމީހުންގެ އިލްމާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުހިންގުން ގުޅުވާށެވެ. އަދި ނަފްސުގެ މައްޗަށް ބާރު ހިންގުމާ، ސާބިތުކަމާ ކެތްތެރިކަން ގުޅުވާށެވެ. އަދި ސާބިތުކަމާ ކެތްތެރިކަމާ ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް ގުޅުވާށެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


އެއްވެސް މީހެއްގެ ތަޤުދީރުގައި ޙިސާރު ކުރެވިގެންވާނަމަ، އެ މީހަކު ޙިޟާރު ކުރެވިގެންދާނެ. އަދި ކަނޑިން ގަތުލު ކުރެވިގެންދާން ހުރިނަމަ، އެ މީހަކު ކަނޑިން ގަތުލު ކުރެވިގެންދާނެ. މި ހިނދު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއި އީމާންތެރިކަމުގައި ދެމި ތިބޭން ޖެހޭނެ.⁠“


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއެކު ދެމިތިބެން ޖެހޭނެއެވެ. މިފަދަ މީހުންނަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ކަމުގައިވެ، އީސާގެފާނަށް އީމާންވެތިބޭ ބައެއް ވެސް މެއެވެ.


އަހަރެން ތިޔަބައިމީހުން ކެތްތެރިވެ ދެމިތިބުމަށް ކުރި އަމުރުގައި ތިޔަބައިމީހުން ހިފަހައްޓައި ތިބުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތުގައި އެ މުސީބާތުން އަހަރެން ތިޔަބައިމީހުން ސަލާމަތް ކޮށްދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ