Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 21:17 - ކިތާބުލް މުޤައްދަސާ

17 އަހަރެންގެ ސަބަބުން ކަލޭމެންނަށް އެންމެން ނަފްރަތު ކުރާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 21:17
18 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އެ އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުން ދިންނަވާނެ.


އެ ހިނދު މީސްތަކުން ތިޔަބައިމީހުން ހައްޔަރުކޮށް އަނިޔާދޭނެ. އަދި ތިޔަބައިމީހުން މަރާވެސްލާނެ. ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ ޤައުމުތަކުގެ މީސްތަކުން ތިޔަބައިމީހުންދެކެ ނަފްރަތު ކުރާނެ.


ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމުކޮށް، އަނިޔާވެރިވެ އަދި ތިޔަބައިމީހުންނާއި ބެހޭ ގޮތުން ހުރިހާ ބާވަތެއްގެ ނުބައިވެގެންވާ ވާހަކަތައް ވެސް ދައްކައި ހަދާނެ. ނަމަވެސް ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލިބިގެންވޭ.


ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބޭނެ.⁠“


ކަލޭމެންގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ މީހުންނާ ތިމާގެ މީހުންނާ ރައްޓެހިން ވެސް ކަލޭމެންނަށް ޚިޔާނާތްތެރި ވާނެ. އެބައިމީހުން ކަލޭމެންގެ ތެރެއިން ބައެއް މީހުން މަރާ ވެސް ލާނެ.


ނަމަވެސް އެކަމުން ކަލޭމެންގެ ބޮލުގެ އިސްތައްޓެއް ހާ ހިސާބު ވެސް އުނިވެގެންނެއް ނުދާނެ.


އިންސާނާގެ ދަރިކަލުންގެ ސަބަބުން މީހުން ކަލޭމެންގެ މައްޗަށް ރުޅިއަރާ، އެމީހުންގެ ތެރޭ ބައިވެރި ނުކޮށް، ކަލޭމެންނާ ދިމާލަށް ހަޑިހުތުރު އެއްޗިހި ކިޔާ އަދި ކަލޭމެންނަކީ ނުބައިމީހުން ކަމަށް ބަލާނެ. މިފަދައިން ކަލޭމެންނާ ދޭތެރޭ މީހުން ކަންތައް ކުރާ ހިނދު ކަލޭމެންގެ މައްޗަށް ރަޙުމަތްލެއްވިގެން ވޭ.


ކަލޭމެން ވެސް ތީ ދުނިޔެވީ މީހުން ކަމުގައިވާނަމަ އެ މީހުން ކަލޭމެން ދެކެ ލޯބިވާނެ. އެކަމަކު މިހާރު ކަލޭމެން ތީ އެފަދަ ބައެއް ނޫން. އަހަރެން ޚިޔާރު ކުރީ ކަލޭމެން އެ ދުނިޔެއިން ބޭރަށް ނެރެލުމަށް. ކަލޭމެން ދެކެ އެމީހުން ރުޅި އަންނަނީ އެހެން ވީމާ.


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


އިނބަރަސްކަލާނގެ އެންގެވުންތައް އަޅުގަނޑު އެމީހުންނަށް ފޯރުކޮށް ދިނިން. އެމީހުން ދެކެ ދުނިޔެ ނަފްރަތު ކުރޭ. އެހެނީ އެމީހުންނަކީ ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން. އެއީ އަޅުގަނޑަކީ ވެސް ދުނިޔެވީ މީހަކަށް ނުވާ ފަދައިން.


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.⁠“


ހަމައެކަނި ތިޔަބައިމީހުންނަށް ލިބިގެންވީ އަލްމަސީޙަށްޓަކައި އީމާންވެ، ޚިދުމަތް ކުރުމުގެ ޝަރަފު އެކަންޏެއް ނޫނެވެ. އެކަލޭގެފާނަށްޓަކައި ވޭން އުފުލުމުގެ ޝަރަފު ވެސް މެއެވެ.


އަލްމަސީޙުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމު ކުރަމުން ދާނަމަ އެއީ ތިޔަބައިމީހުންނަށް ލިބިދެނިވި ނިޢުމަތެކެވެ. ސަބަބަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ނޫރު ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވާތީއެވެ.


ތިޔަބައިމީހުން ކެތްތެރިކަމާއެކު އަހަރެންނަށްޓަކައި ވޭން އުފުލީމު. އަދި ތިޔަބައިމީހުން ސާބިތުވެ ތިބި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ