ލޫކާސް 21:13 - ކިތާބުލް މުޤައްދަސާ13 މިކަމުގެ ސަބަބުން ކަލޭމެންނަކީ އެމީހުންގެ ކުރިމަތީގައި އަހަރެންނާއި ބޭހޭގޮތުން ހެކިދޭނެ މީހުން ކަމުގައި ވާނެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެ އެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަން ވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ.
މިހުރިހާ ކަމަކުން ދައްކައިދެނީ މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނީ އިންސާފުވަންތަކަމާއި އެކުގައި ކަމެވެ. އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތަޙައްމަލު ކުރަމުން ގެންދާ ވޭނުގެ ސަބަބުން ތިޔަބައިމީހުންނަކީ އެކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް އެކަށީގެންވާ ބައެއްކަމުގައި އެކަލާނގެ ލެއްވިއެވެ.