ލޫކާސް 20:7 - ކިތާބުލް މުޤައްދަސާ7 ދެން އެމީހުން އެކަލޭގެފާނަށް ޖަވާބު ދިނެވެ. ”އެ އަމުރެއް އޭނާއަށް ލިބުނީ ކޮންތާނކުން ކަމެއް އަހަރެމެންނަކަށް ނޭނގެ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ: ”އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދޭ.“