Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:47 - ކިތާބުލް މުޤައްދަސާ

47 އެމީހުން ފިރިމަރުވެފައިވާ އަންހެނުންގެ އަތުން އެމީހުންގެ ގޭގެ ފޭރިގަނޭ. އަދި މީހުންނަށް ދައްކަން ވެގެން ވަރަށް ދިގު ދުޢާތައް ކިޔާހަދާ. އެންމެ ބޮޑަށް ކުށްވެރި ކުރެވޭނީ މިފަދަ މީހުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:47
23 ပူးပေါင်းရင်းမြစ်များ  

”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ހުވަފަތް އަންހެނުންގެ ގެތައް ފޭރިގަނެވޭތޯ ބަލާ މީހުން. އަދި ކަލޭމެން ދިގުވެގެންވާ ދުޢާތައް ކޮށް ކަލޭމެންނަކީ ސާލިޙު ބައެއްކަމުގައި މީސްތަކުންނަށް ދައްކާ. ވީމާ ކަލޭމެންނަށް ގަދަފަދަ ޢުޤޫބާތް ދެއްވާނެ.


އެބައިމީހުން ހުވަފަތް އަންހެނުންނަށް މަކަރުހަދާ އެކަނބަލުންގެ ގޯތިތައް ފޭރިގަންނޭ. އަދި ދެއްކުންތެރިކަމާއެކު ދިގުވެގެންވާ ދުޢާތައް ކުރޭ. އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ބޮޑުކަމާއެ!⁠“


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


”⁠ދީނުގެ ދަންނަބޭކަލުންނާއި މެދު ފަރުވާވެ ބަލައިގެން އުޅޭ. އެމީހުން ކުރާހިތްވާ ކަންތަކަކީ އަގުބޮޑު ޖުއްބާތައް ލައިގެން ހިނގުން. އަދި އެމީހުންނަށް މަގުމަތީގައި މީހުންގެ ފަރާތުން ލިބޭ އަދަބުގެ ސަލާންތަކަށް ވެސް އެމީހުން ވަރަށް ލޯބިކުރޭ. އަދި ދީނީ މަރުކަޒުތަކުގައި އާއި ބޮޑެތި ކެއުންތަކުގައި އެންމެ ޚާއްސަ ގޮނޑިތައް ލިބުމަކީ ވެސް އެމީހުން ވަރަށް ލޯބިކުރާ ކަމެއް.


އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅު ތެރޭގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮށީގެ ކައިރީގައި މީސްތަކުން އެޔަށް ފައިސާ އަޅާތަން ބައްލަވަން ހުންނެވިއެވެ. މުއްސަނދި ފައިސާވެރިން އެފޮއްޓަށް ވަރަށް ބައިވަރު ފައިސާއެޅިއެވެ.


ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު ހެޔޮބަސްތައް ބުނެ ތިޔަބައިމީހުން ވާވެއްދުމަކަށް އަހަރެމެން މަސައްކަތެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މަކަރުހަދައިގެން ތިޔަބައިމީހުންގެ އަތުގައި ވީ ފައިސާ ހޯދުމަށް އަހަރެމެން މަސައްކަތެއް ނުކުރާކަން ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން މާތްރަސްކަލާނގެވެސް ހެކިވެލައްވާނެއެވެ.


މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން އެދުރުންގެ ގޮތުގައި ގިނަ ބަޔަކު ނުވާނެއެވެ. އުނގަންނައި ދިނުމަކީ ޒިންމާދާރު ކަމެކެވެ. ކަލޭމެންނަށް އެނގޭނޭ ފަދައިން އެދުރުންގެ ގޮތުގައި އަހަރެމެން އުނގަންނައިދެމުން ގެންދާތީ ފައިސަލާ ކުރައްވާ ހިނދު އަހަރެމެންނާ މެދު މާ ހަރުކަށިކޮށް ފައިސަލާ ކުރެވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ