ލޫކާސް 20:46 - ކިތާބުލް މުޤައްދަސާ46 ”ދީނުގެ ދަންނަބޭކަލުންނާއި މެދު ފަރުވާވެ ބަލައިގެން އުޅޭ. އެމީހުން ކުރާހިތްވާ ކަންތަކަކީ އަގުބޮޑު ޖުއްބާތައް ލައިގެން ހިނގުން. އަދި އެމީހުންނަށް މަގުމަތީގައި މީހުންގެ ފަރާތުން ލިބޭ އަދަބުގެ ސަލާންތަކަށް ވެސް އެމީހުން ވަރަށް ލޯބިކުރޭ. އަދި ދީނީ މަރުކަޒުތަކުގައި އާއި ބޮޑެތި ކެއުންތަކުގައި އެންމެ ޚާއްސަ ގޮނޑިތައް ލިބުމަކީ ވެސް އެމީހުން ވަރަށް ލޯބިކުރާ ކަމެއް. အခန်းကိုကြည့်ပါ။ |
އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.