Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:41 - ކިތާބުލް މުޤައްދަސާ

41 ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު އަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ދަރިދަރިކަލެކޭ އެމީހުން އެބުނަނީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:41
14 ပူးပေါင်းရင်းမြစ်များ  

މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


އީސާގެފާނު އެ ސަރަހައްދު އޮތްގޮތަށް ވަޑައިގަންނަވަމުން ގެންދެވި ހިނދު، ލޯފަން ދެމީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ ދެމީހުން އާދޭސް ކުރަމުން މިހެން ގޮވަމުން ދިޔައެވެ. ”⁠އޭ ދާއޫދު‏ގެފާނުގެ ދަރިކަލުން! އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.⁠“


ބާވައިލެއްވިގެންވާ ފޮތްތަކުގައި ސާފުކޮށް ލިޔެވިގެން ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައި. އަދި އެކަލޭގެފާނު އުފަންވާނީ ވެސް ދާއޫދުގެފާނު އުޅުއްވި ރަށް ކަމުގައިވާ ބައިތުލަޙަމުގަ ކަމަށް.⁠“


ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ.


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ