40 ދެން އެތާ ތިބި އެކަކަށް ވެސް އެކަލޭގެފާނާއި އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.
މޮޔައެއްގެ ސުވާލުތަކަށް ދޭންވާނީ ވެސް މޮޔަ ޖަވާބެކެވެ. އޭރުން އެ ސުވާލު ކުރި މީހާއަކީ އޭނާ ހީކުރިވަރުގެ ކުޅަދާނަ މީހެއް ނޫންކަން ވިސްނިދާނެއެވެ.
އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.
އެ މީހާގެ ބުއްދިވެރި ޖަވާބު އީސާގެފާނު ފާހަގަ ކުރައްވައި އެކަލޭގެފާނު އެ މީހާއަށް ވިދާޅުވިއެވެ. ”ތިބާ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަކުނޫން.“ މިއަށް ފަހު އީސާގެފާނާއި އިތުރު ސުވާލެއް ކުރައްވާކަށް އެއްވެސް މީހަކަށް ނުކެރުނެވެ.
އެތާނގައި ތިބި މީހުންނަށް އީސާގެފާނުގެ މި ސުވާލުފުޅުތަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ.
އެތާ ތިބި ބައެއް ދީނުގެ ދަންނަބޭކަލުން ބުންޏެވެ. ”އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވީ ވަރަށް ވެސް ފުރިހަމަ ބަސްފުޅުތަކެއް.“