Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:25 - ކިތާބުލް މުޤައްދަސާ

25 އީސާގެފާނު ވިދާޅުވި. ”⁠ވީއިރު ކައިސަރު ރަސްގެފާނުގެ އެއްޗެތި އެރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ވާ ތަކެތި އެކަލާނގެ ކިބަފުޅަށް ދީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:25
11 ပူးပေါင်းရင်းမြစ်များ  

މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.


ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.⁠“


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠ކައިސަރުގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.⁠“


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރު ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި އެ ރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެއަށް މިލްކުވެގެންވީ ތަކެތި އެކަލާނގެއަށް ހުށަހަޅާ.⁠“ އަދި އެބައިމީހުން އީސާގެފާނާއިމެދު އަޖައިބުވިއެވެ.


”⁠ކަލޭމެން ޓެކްސް ދައްކަން ބޭނުންކުރާ ލާރި އަހަންނަށް ދައްކަބަލަ. މީގައި މި ވަނީ ކާކުގެ ތަސްވީރެއްތަ؟⁠“ އެމީހުން ބުނި. ”⁠ތިޔައީ ކައިސަރު ރަސްގެފާނުގެ ތަސްވީރުފުޅު.⁠“


ޕަތަރަސްއާއި އެހެން ވެސް މަންދޫބުން މި ފަދައިން ބުނެ ޖަވާބުދިނެވެ. ”⁠އަޅުގަނޑުމެން ކިޔަމަން ވަނީ އިންސާނުންގެ ބަސްތަކަކަށް ނޫން. އަޅުގަނޑުމެން ކިޔަމަން ވަނީ މާތްރަސްކަލާނގެ ބަސްފުޅަށް.


މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ