Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:23 - ކިތާބުލް މުޤައްދަސާ

23 އީސާގެފާނަށް އެމީހުން މި ސުވާލު ކުރީ މަކަރުވެރި ބޭނުމަކުކަން އެނގިވަޑައިގެން ޖަވާބުގައި ވިދާޅުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:23
16 ပူးပေါင်းရင်းမြစ်များ  

ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.


ނަމަވެސް އެމީހުންގެ މަގުސަދަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން ހުންނަވާ އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މުނާފިޤުންނޭ! ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟


ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ.


ވީއިރު ވިދާޅުވެ ބައްލަވާ. އަހަރެމެން ސަރުކާރުން އަންގާ ގޮތަށް އަހަރެމެންގެ ދީނުގެ މީހެއް ކަމުގައި ނުވާ ކައިސަރު ރަސްގެފާނަށް ޓެކްސް ދެއްކުން އެއީ ރަނގަޅު ކަމެއްތަ؟ ސަރުކާރުގެ އެ އެންގެވުމަށް އަހަރެމެން ކިޔަމަން ވާން ޖެހޭނެ ތަ؟⁠“


”⁠ކަލޭމެން ޓެކްސް ދައްކަން ބޭނުންކުރާ ލާރި އަހަންނަށް ދައްކަބަލަ. މީގައި މި ވަނީ ކާކުގެ ތަސްވީރެއްތަ؟⁠“ އެމީހުން ބުނި. ”⁠ތިޔައީ ކައިސަރު ރަސްގެފާނުގެ ތަސްވީރުފުޅު.⁠“


އީސާގެފާނު މިމީހުންގެ ހިތަށް މިއަރާ އެއްޗެތި ދެނެވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަހެން ތިޔަ ހީކުރަނީ ކީއްވެ؟


އީސާގެފާނު މިބައިމީހުންގެ ޚިޔާލުތައް ދެނެވަޑައިގެން އެ އަތް ވާވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”⁠ތެދުވެ އެންމެންގެ ކުރިމައްޗަށް އާދޭ!⁠“ ދެން މިމީހާ ތެދުވެ އެންމެންގެ ކުރިމަތީ ހުއްޓިއްޖެއެވެ.


”⁠އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ