Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:20 - ކިތާބުލް މުޤައްދަސާ

20 ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:20
20 ပူးပေါင်းရင်းမြစ်များ  

އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”⁠ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި.


ދެން އެބައިމީހުން އެކަލޭގެފާނު ބެންނެވިއެވެ. އަދި އެކަލޭގެފާނު ރޯމުގެ ގަވަރުނަރު ޕިލާތުސްގެ ކައިރިއަށް ގެންދެވިއެވެ.


އެތަނުގައި ތިބި ފަރީސީންނާއި ބައެއް އެހެނިހެން މީހުން އީސާގެފާނާމެދު ތުހުމަތު ކުރެވޭފަދަ ކަމަކަށް ބަލަބަލާ ތިބިމެއެވެ. އެގޮތުން، އީސާގެފާނު އެ ފިރިހެނާގެ އަތް ސަބަތުގެ ދުވަހެއްގައި ރަނގަޅު ކޮށްދެއްވާތޯ ވަރަށް ފަރުވާތެރިކަމާއެކު އެމީހުން ބަލަމުން ގެންދިޔައެވެ.


އެއީ އެކަލޭގެފާނު މި ސުވާލުތަކަށް ދެއްވަފާނެ ޖަވާބުފުޅަކުން ވެސް އެކަލޭގެފާނު ކުށްވެރި ކުރެވޭނެ ގޮތެއް ފެނޭތޯއެވެ.


އެމީހުން ބުންޏެވެ. ”⁠އީސާގެފާނު. ކަލޭގެފާނަކީ ވަކިކޮޅަކަށް ނުޖެހޭ ބޭކަލެއް. އަދި ކަލޭގެފާނަކީ މީސްތަކުންނަށް މާތްރަސްކަލާނގެއާއި މެދު ތެދު މަގު ދަސްކޮށްދެއްވާ ބޭކަލެއް.


މިމީހުންނަށް އެމީހުންގެ މަކަރުގެ ދަލުގައި އެކަލޭގެފާނު ނުޖެއްސޭނެކަން އެނގި އަދި އެކަލޭގެފާނު ދެއްވި ޖަވާބުފުޅުގެ ފުރިހަމަ ކަމުން ބުނާނެ އިތުރު އެއްޗެއް ނޭނގިގެން އެތަނުން ދިޔައެވެ.


އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ