Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:16 - ކިތާބުލް މުޤައްދަސާ

16 އޭނާ އައިސް އެ މޭބިސްކަދުރު ދަނޑު ކުއްޔަށް ހިފި މީހުން މަރާލާނެ. އަދި އެ ދަނޑު އެހެން ބަޔަކަށް ކުއްޔަށް ދޭނެ.⁠“ މީހުން މިއަޑު އަހާ ބުންޏެވެ. ”⁠އިރާދަކުރެއްވިޔާ ދުވަހަކު ވެސް އެފަދައިން މާތްރަސްކަލާނގެ ކަންތައް ހިންމަވައި ނުދެއްވާށި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:16
24 ပူးပေါင်းရင်းမြစ်များ  

ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.


ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠އެ ހިތް ނުބައި މީސްތަކުން ނުބައި ގޮތެއްގައި މަރައިލާނެ. އަދި މޭބިސްކަދުރު ކަނޑާ މޫސުމުގައި އޭނާއަށް އޭނާގެ ޙިއްސާ ދޭނެ ރަނގަޅު ބަޔަކަށް އޭނާ އެދަނޑު ކުއްޔަށް ދޭނެ.⁠“


މިކަމާއި ރަސްގެފާނު ވަރަށް ބޮޑަށް ރުޅިއައިސް އެ ގާތިލުން ގަތުލު ކުރުމަށް އޭނާގެ ލަޝްކަރެއް ފޮނުވީ. އަދި އެ ސަހަރު ވެސް އަންދައިލުމަށް އެންގި.


މި ޙާލަތުގައި މޭބިސްކަދުރު ދަނޑުގެ ވެރިޔާ އަމަލުކުރާނީ ކިހިނެއް؟⁠“ އީސާގެފާނު އެބައިމީހުންނާއި ސުވާލު ކުރެއްވިއެވެ. ”⁠ޔަޤީނުން ވެސް ދަނޑުގެ ވެރިމީހާ، ކުއްޔަށްދީފައިވާ މީހުންގެ ގާތަށް ދާނެ. އަދި އެ މީހުން މަރާލާނެ. އެއަށް ފަހު އޭނާ އެ ދަނޑު އެހެންބަޔަކަށް ކުއްޔަށްދޭނެ.


އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.⁠‘⁠“


ދެން މިމީހުން އޭނާ އެދަނޑުން ކޮއްޕާ ބޭރުކޮށް މަރާލި. ދެން ވީއިރު މި ބިމުގެ ވެރިޔާ އެމީހުންނާއި ދޭތެރޭ ކަންތައް ކުރާނީ ކިހިނެއް؟


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


އަހަރެމެން އީސާގެފާނަށް އީމާންވެ މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައްކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނެކޭ އެއްފަދައިން އަހަރެމެންނަކީ ވެސް ހަމަ ފާފަވެރިންކަން އެނގޭ. މީގެ މާނައަކީ އީސާގެފާނު އަހަރެމެންނަށް ދެއްކެވީ ފާފައިގެ މަގެކޭތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން.


މީގެ މާނައަކީ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކާއި ގަވާއިދުތައް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅާއި ފުށުއަރައޭ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް ދިރުންލިބޭނޭ ގަވާއިދެއް ވާނަމަ އެ ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބުނީހެވެ.


އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ