ލޫކާސް 20:14 - ކިތާބުލް މުޤައްދަސާ14 ނަމަވެސް އެދަނޑު ކުއްޔަށް ހިފައިގެން އުޅުނު މީހުންނަށް އޭނާގެ ދަރިފުޅު އަންނަތަން ފެނުމުން އެމީހުންގެ މެދުގައި މަޝްވަރާ ކޮށްފައި ބުނި. ’މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ. މީނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން މިލްކުވާނީ އަހަރެމެންނަށޭ.‘ အခန်းကိုကြည့်ပါ။ |
ބުނެދީބަލަ: ތައުބާގެ ހިނެއުމުން ހިނައި ދެއްވުމަށް ޔަޙުޔާގެފާނަށް ހުއްދަ ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެ ހަޟުރަތުންތަ؟ ނޫނީ އިންސާނެއްގެ ކިބައިންތަ؟“ ދެން އެބައިމީހުން މަޝްވަރާކޮށް އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”އެއީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމުގައި އަހަރެމެން ބުނެފިނަމަ، އަހަރެމެން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެން ހޭ އޭނާ އަހަރެމެންނަށް ބުނާނެ.
ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.