Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 20:13 - ކިތާބުލް މުޤައްދަސާ

13 މޭބިސްކަދުރު ދަނޑުގެ ވެރިމީހާ ހިތަށް އެރި. ’⁠ދެން އަހަރެން ހަދާނީ ކިހިނެއް ބާވައޭ؟ އަހަރެންގެ ފިރިހެން ދަރިފުޅު ފޮނުވަންވެއްޖޭ. އޭނާއަކީ އަހަރެންގެ ލޯބިވާ ދަރިފުޅޭ. އެހެންވީމާ އެމީހުން ފަހަރެއްގައި އޭނާއަށް ޤަދަރު ކޮށްފާނެ ކަން ނޭނގެ ނޫންހޭ؟⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 20:13
19 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އެއްރަށެއްގައި ފަނޑިޔާރަކު އުޅުނު. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ބިރެއް ގަންނަ އަދި މީހުންނާއި ދޭތެރޭ ވެސް އަޅާލާ މީހެއް ނޫން.


ދުވަސްކޮޅަކު އޭނާ މިކަމާއި ދެކޮޅު ހެދި. ނަމަވެސް މި އަންހެން މީހާ ހުއްޓުމެއް ނެތި އަންނަމުން ދިޔަ. ދެން އެއްދުވަހަކު އޭނާގެ ހިތަށްއެރި. ’⁠އަހަރެން މާތްރަސްކަލާނގެ އާއި އަދި އިންސާނުންނާއި މެދު އަޅާނުލި ކަމުގައި ވިޔަސް


ދެން އޭނާ ތިންވަނަ މީހަކު ވެސް ފޮނުވި. މިމީހުން އެމީހާ ގައިގައި ވެސް ތަޅާ އަނިޔާ ކޮށްފައި އެ ދަނޑުން ބޭރުކޮށްލި.


ނަމަވެސް އެދަނޑު ކުއްޔަށް ހިފައިގެން އުޅުނު މީހުންނަށް އޭނާގެ ދަރިފުޅު އަންނަތަން ފެނުމުން އެމީހުންގެ މެދުގައި މަޝްވަރާ ކޮށްފައި ބުނި. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ. މީނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން މިލްކުވާނީ އަހަރެމެންނަށޭ.⁠‘


އަދި އެވިލާގަނޑުގެ ތެރެއިން އައި އަޑުފުޅެއް އެބައިމީހުންނަށް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ޚާއްސަ ކުރެއްވި ތިމަންކަލާނގެ ދަރިކަލުން. އޭނާ އެދޭފަދައިން ކަންތައް ކުރޭ.⁠“


އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.⁠“


އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ