Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:7 - ކިތާބުލް މުޤައްދަސާ

7 އެމީހުންނަށް އެރަށުގެ މެހުމާނު ގެއިން ޖާގައެއް ނުލިބުމުން ޔޫސުފު މަރިޔަމްގެފާނު ގޮވައިގެން ދިޔައީ ގެރިބަކަރިތަކަށްޓަކައި ހަދާފައިވާ ހަރުގެއަކަށެވެ. އެތާނގައި މަރިޔަމްގެފާނު އެކަމަނާގެ އަލަތު ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެކަމަނާ އެތުއްޕުޅު ކަލޭގެފާނުގެ ގައިކޮޅު ފޮތިކޮޅަކުން ނިވާކޮށްލައްވާ ގެރިބަކަރިއަށް ކާންދޭ ހުއި އަޅާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭއްވެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:7
16 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ.


އަދި އެފަހަރު އަޅުގަނޑުމެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ރޭވުމުން އަޅުގަނޑުމެން ތަނެއްގައި މަޑުކޮށް އަޅުގަނޑުމެންގެ ގޯނިތައް ހުޅުވި އިރު އަޅުގަނޑުމެން ގޮވާން ގަތުމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރޭގައި ހުރި. އަދި މިފަހަރު އަޅުގަނޑުމެން އެނއެބުރި މިއައީ އެފައިސާ ވެސް ހިފައިގެން.


އޭގެ ފަހުން މޫސާގެފާނު ދަތުރުކުރައްވަމުން ވަޑައިގަތް މަގުމަތީ ރޭގަނޑު ހޭދަ ކުރެއްވުމަށް ތަނެއްގައި މަޑުކުރައްވައިފި އެވެ. މާތްރަސްކަލާނގެ އެތަނުގައި މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އުޅުއްވިއެވެ.


ނަމަވެސް މަރިޔަމްގެފާނު އެ ދަރިކަލުންނާއިގެން ރައްކައުވެ ވަޑައިގެންނެވުމަށް ދާންދެން އޭނާ މަރިޔަމްގެފާނާއި އެއްދާން ނުކުރޭމެއެވެ. އަދި އެ ދަރިކަލުންގެ ނަމަކަށް އީސާގެ ނަމުން ނަން ދެއްވިއެވެ.


އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


އަދި އޭނާގެ ޒަޚަމްތައް ސާފުކޮށް ބޭސް އަޅާދިން. ދެން އޭނާ ދަތުރު ކުރަމުން ދިޔަ ހިމާރުގެ މައްޗަށް ޒަޚަމް ވެފައި ވީ މީހާ އަރުވައިގެން އެ ދަތުރުކުރަމުން ދިޔަ މަގުމަތީގައި ވާ މެހުމާނު ގެއަކަށް އޭނާ ގެންދިޔަ. އަދި އެތާނގައި އޭނާ ޒަޚަމް ވެފައި ވީ މީހާއަށް ފަރުވާ ދެމުން ގެންދިޔަ.


އެކަނބުލޭގެފާނާއި ޔޫސުފު ބައިތުލަޙަމުގައި ވަނިކޮށް ރައްކާވުމުގެ ވޭންފުޅުތައް އެކަމަނާއަށް އިހުސާސް ކުރެއްވެން ފެއްޓެވިއެވެ.


ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ.


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ