ލޫކާސް 2:49 - ކިތާބުލް މުޤައްދަސާ49 އީސާގެފާނު ޖަވާބުފުޅުގައި ދެންނެވިއެވެ. ”އަޅުގަނޑު ހޯދުމަށް ތިޔަހާ ބޮޑަށް މަސައްކަތް ތިޔަކުރެއްވީ ކީއްވެތޯ؟ އަޅުގަނޑު ވާނީ އަޅުގަނޑުގެ ބައްޕާފުޅުގެ ގެ ބައިތުލް މަޤްދިސްގައި ކަން މަންމަމެންނަކަށް ނޭނގޭތޯ؟“ အခန်းကိုကြည့်ပါ။ |
މަރިޔަމްގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާނގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ދަރިފުޅާ. މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި. މަންމަމެން ދަރިފުޅު ހޯދުމަށްޓަކައި ނުހޯދާ ތަނެއް ނެތް. ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ؟“
ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.