ލޫކާސް 2:42 - ކިތާބުލް މުޤައްދަސާ42 އީސާގެފާނުގެ އުމުރުފުޅުން ބާރަ އަހަރުފުޅު ފުރިހަމަ ވުމުން ޖެހިގެން އައި އަހަރު އެދެކަނބަލުންނާއިއެކު އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގަތެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށްވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ.